ބަދަލެއް ނުކުރެވޭނެ

އަހަރެމެން ﷲ ގެ ބަސްފުޅު ބަދަލު ކުރަން ބޭނުން ވިޔަސް އެއީ އެއްވެސްގޮތަކަށް ކުރެވޭނެ ކަމެއް ހެއްޔެވެ؟

އަންޢާމް ސޫރަތުގެ 34 & 115 ވަނަ އާޔަތް:
وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُواْ عَلَى مَا كُذِّبُواْ وَأُوذُواْ حَتَّى أَتَاهُمْ نَصْرُنَا وَلاَ مُبَدِّلَ لِكَلِمَاتِ اللّهِ وَلَقدْ جَاءكَ مِن نَّبَإِ الْمُرْسَلِينَ 
ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިންވެސް ރަސޫލުންތަކެއް ދޮގުކޮށްފައިވެއެވެ. ދެން އެ ދޮގުކުރިކަމުގެ މައްޗަށް އެ ރަސޫލުން ކެތްކުރެއްވިއެވެ. އަދި ތިމަންރަސްކަލާނގެ ނަސްރުވެރިކަން އެބޭކަލުންނާ ހަމަޔަށް އަތުވެއްޖައުމަށް ދާންދެން އެބޭކަލުންނަށް ދުއްތުރާ ކުރިއެވެ. އަދި ﷲގެ ކަލިމަފުޅުތަކަށް (އެބަހީ: އެކަލާނގެ ރަސޫލުންނަށް ނަސްރު ދެއްވާނެކަމަށް ކުރައްވާފައިވާ ވަޢުދުގެ ބަސްފުޅުތަކަށް) ބަދަލެއްގެންނާނެ އެއްވެސް ފަރާތެއްނެތެވެ. ހަމަކަށަވަރުން، ކުރީގެ ރަސޫންގެ ޚަބަރުތައް ކަލޭގެފާނާހަމަޔަށް އައިސްފައިވާކަންކަށަވަރެވެ.
وَتَمَّتْ كَلِمَتُ رَبِّكَ صِدْقاً وَعَدْلاً لاَّ مُبَدِّلِ لِكَلِمَاتِهِ وَهُوَ السَّمِيعُ الْعَلِيمُ
އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަލިމަފުޅު ތެދުވެރިކަމާއި، ޢަދުލުވެރި ކަމުގައި ފުރިހަމަވެއްޖެއެވެ. އެކަލާނގެ ކަލިމަފުޅުތައް ބަދަލުކުރެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
ކަހަފު ސޫރަތުގެ 27 ވަނަ އާޔަތް، ޔޫނުސު ސޫރަތުގެ 64 ވަނަ އާޔަތް:
وَاتْلُ مَا أُوحِيَ إِلَيْكَ مِن كِتَابِ رَبِّكَ لَا مُبَدِّلَ لِكَلِمَاتِهِ وَلَن تَجِدَ مِن دُونِهِ مُلْتَحَداً 
ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮތުން، ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައިވިދާޅުވާށެވެ! އެކަލާނގެ ކަލިމަ ފުޅުތަކަށް ބަދަލުގެނެވޭނޭ އެކަކުވެސް ނުވެއެވެ. އަދި އެކަލާނގެ ފިޔަވައި އެހީއަށްއެދި، އެނބުރި ވަޑައިގަންނަވާނެ ފަރާތެއް، ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.
قَالَ هَلْ آمَنُكُمْ عَلَيْهِ إِلاَّ كَمَا أَمِنتُكُمْ عَلَى أَخِيهِ مِن قَبْلُ فَاللّهُ خَيْرٌ حَافِظاً وَهُوَ أَرْحَمُ الرَّاحِمِينَ
ދުނިޔޭގެ ހަޔާތުގައްޔާއި، އާޚިރަތުގައި އެއުރެންނަށް އުފާވެރިކަމުގެ ޚަބަރުހުށްޓެވެ. ﷲގެ ކަލިމަ ފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ ނަސީބުލިބުމަކީ ހަމަ އެއީއެވެ.

ޚުލާޞާ

  • އެކަކަށްވެސް ﷲ ގެ ބަސްފުޅު (ދުވަހަކު ކޮޅުންވެސް) އެއްގޮތަކަށްވެސް ބަދަލެއް ނުކުރެވޭނެއެވެ.