ކީރިތި ޤުރުއާންގައި ވަނީ ކީކޭތޯ؟
ޙަޤީޤަތުގައި ކިތާބުލް މުޤައްދިސަށް ތާއީދު ކުރާ އެތައް ސަތޭކަ އާޔަތެއް ކީރިތި ޤުރުއާނުގައި އެބަ ވެއެވެ. 
- ކީރިތި ޤުރުއާނުން އަންގަވަނީ ކިތާބުލް މުޤައްދިސް:
 - ބާވައިލައްވާފައިވަނީ ﷲގެ ކިބަފުޅުންކަމެވެ، (4:163، 16:43)
-  ވަޙީ ކުރެއްވިގެންވަނީ ﷲ ގެ ކިބަފުޅުންކަމެވެ، (4:136)
- މާތް ރަސްކަލާނގެ ތަސްދީޤު ކުރައްވާފައި ކަމެވެ، (35:31، 5:46. 4:47. 3:3)
- (އަޅުގަނޑުމެންނަށް) ދެއްވީ ﷲ ކަމެވެ، (6:154، 17:55، 5:46)
- ރައްކާތެރި ކުރައްވަނީ މާތް ﷲ ކަމެވެ، (15:9، 5:48)
 
- ކީރިތި ޤުރުއާނުން އަންގަވަނީ ކިތާބުލް މުޤައްދިސްގައި ވަނީ:
 - ﷲގެ އަމުރު ފުޅެވ، (5:48)
- (މީސްތަކުންގެ މައްޗަށް) ހިދާޔަތާއި ނޫރެވެ، (2:53، 6:91)
- ނަސޭޙަތާއި ޒިކްރެވެ، (11:17)
- މަގު ދެއްކެވުމާއި ރަޙްމަތް ކަމަށެވެ، (11:17) 
- ހިދާޔަތް (ނުވަތަ ތެދުމަގު) ކަމުގައެވެ، (6:91)
- ޙައްޤު ތެދުކަމެވެ، (11:17)
 
- ކީރިތި ޤުރުއާނުން އަންގަވަނީ މުސްލިމުން:
 - ކިތާބުލް މުޤައްދިސުން އިންޞާފު ކުރަން ޖެހޭނެކަމަށެވެ، (5:44، 5:45، 5:47، 4:136)
- (ހިތުގައި) ސުވާލެއް ނުވަތަ ޝައްކު ކަމެއް ވާނަމަ ކިތާބުލް މުޤައްދިސް ކިޔަވާ މީހުން ކުރެން އަހަން ޖެހޭނެ ކަމަށެވެ، (10:94، 10:95، 16:43، 21:17)
- ކިތާބުލް މުޤައްދިސަށް ކިޔަމަން ވުމަށެވެ، (42:15، 4:136)
- ކިތާބުލް މުޤައްދިސަށް އީމާންވާން ޖެހޭނެ ކަމަށެވެ، (42:15، 4:136)
 
- ކީރިތި ޤުރުއާން އަންގަވަނީ:
 - (އެ ޤުރުއާން) ކިތާބުލް މުޤައްދިސް ތެދުކޮށް ތަސްދީޤު ކުރާކަމަށެވެ، (5:48، 3:3، 4:47)
- (އެ ޤުރުއާން) ކިތާބުލް މުޤައްދިސް ޙިމާޔަތް ކުރައްވާ ކަމަށެވެ، (15:9، 5:48)
- ޤުރުއާން ފުރިހަމައަށް ފަހުމްވުމުން ކިތާބުލް މުޤައްދިސައް ތާޢީދު ކުރެވޭނެކަމަށެވެ، (10:94، 10:94، 35:31)
 
ޚުލާޞާ
- ކީރިތި ޤުރުއާނުގައިވާ އެތައް ސަތޭކަ އާޔަތެއް މަތީގައިވާ މައުޟޫޢަށް ބާރު އަޅައެވެ.
-  އިންޖީލަކީ މުސްލިމުން މައްޗަށް ބޭނުން ކުރުމަށް ޤަބޫލުކުވިގެންވާ ފޮތެކެވެ. ކިތާބުލް މުޤައްދިސުން އިންޞާފު ނުކުރާ އެއްވެސް މީހަކަށް ކޮޅަށްހުރުމަށް ބިމެއް ނުވެއެވެ. އަދި އެމީހަކީ ފާފަވެރިއެކެވެ.