އިންޒާރު

އިންޒާރު

ޢާފިރު ސޫރަތުގެ 40: 69-72 ގައި ވަނީ ބާވައިލެއްވި ފޮތްތަކާމެދު އިންކާރު ކޮށް ދެކޮޅުވެރިވާ މީހުނާ މެދު އިންޒާރު ކުރައްވާފައެވެ:
أَلَمْ تَرَ إِلَى الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ أَنَّى يُصْرَفُونَ الَّذِينَ كَذَّبُوا بِالْكِتَابِ وَبِمَا أَرْسَلْنَا بِهِ رُسُلَنَا فَسَوْفَ يَعْلَمُونَ إِذِ الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ يُسْحَبُونَ فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ ﷲގެ އާޔަތް ތަކާމެދު ޖަދަލުކުރާ މީހުން، ތިބާ ނުދެކެމުހެއްޔެވެ؟
އެއުރެން އެއްކިބާވަނީ ކޮންފަދައަކުން ހެއްޔެވެ؟
އެއުރެންނީ، މިފޮތާއި ތިމަންރަސްކަލާނގެ ރަސޫލުން އެފޮތްތަކާއިގެން ފޮނުއްވި ފޮތްތައް ދޮގުކުރި މީހުންނެވެ.
ފަހެ، ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ.
އެއުރެންގެ ކަނދުރާތަކުގައި، ކަސްތަޅުއެޅި ހިލިހިލާޖެހި، އެއުރެން ދަމައި، ގެންދަވާހިނދުގައެވެ. ކެކިކެކިހުރި ހޫނުފެނުގެ ތެރެޔަށެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި އެއުރެން އަންދަވާނެތެވެ.