ބަދަލު ކުރެވިފައިވާ؟

ބަދަލު ކުރެވިފައިވާކަމަށް އެބައިމީހުންނަށް ދަޢުވާ ކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟

  • ކިތާބުލް މުޤައްދިސް ވަނީ ބަދަލުކުރެވިފައި ކަމަށް ޤުރުއާން އުގަންނައިދެއޭ ބުނެ ދޮގު ދަޢުވާ ކުރާ މީހުން އެ އާޔަތްތަކުން ނާންގަވާ އެއްޗެހި އެއީ އެ އާޔަތްތަކުން އަންގަވާ އެއްޗެހިކަމުގައި ހެދުމަށްޓަކައި މަދު އާޔަތަކެއްގެ މާނަ އޮޅުވައިގެންއުޅެތެވެ.
  • މި ގޮތަށް މީސްމީހުން އޮޅުވައިގެން އުޅޭ ފަސް އާޔަތެއް ވެއެވެ.
ފުރަތަމަ އާޔަތް (އާލު ޢިމްރާން ސޫރަތުގެ 78)
وَإِنَّ مِنْهُمْ لَفَرِيقاً يَلْوُونَ أَلْسِنَتَهُم بِالْكِتَابِ لِتَحْسَبُوهُ مِنَ الْكِتَابِ وَمَا هُوَ مِنَ الْكِتَابِ وَيَقُولُونَ هُوَ مِنْ عِندِ اللّهِ وَمَا هُوَ مِنْ عِندِ اللّهِ وَيَقُولُونَ عَلَى اللّهِ الْكَذِبَ وَهُمْ يَعْلَمُونَ 
އެފޮތުގައި ނުވާ ކަންތައްތައް (އެއީ) އެފޮތުގައި ވާ ކަންތައްތައް ކަމުގައި ތިޔަބައި މީހުން ލައްވާ ހީ ކުރުވުމަށްޓަކައި، އެބައި މީހުންގެ ދޫތަކުން އެ ފޮތް ދޮގުކަމުގައި  (ހަދައި އަޑު) ފަތުރާ ބަޔަކު އެބައި މީހުންގެ ތެރޭގައި ވެއެވެ. އެއީ ﷲ ގެ ޙަޟްރަތުން ބާވައިލެއްވި އެއްޗަކަށް ނުވާ ހިނދު، އެއީ ﷲ ގެ ޙަޟްރަތުން ބާވައި ލެއްވި އެއްޗެއްކަމުގައި އެމީހުން ބުނެ، ދެނެތިބެގެން އެމީހުން ﷲ އާއި ބެހޭގޮތުން ދޮގުބުނެތެވެ.
މި އާޔަތް ޙަޤީޤަތުގައި ބުނަނީ ކީކޭހެއްޔެވެ؟
  • މިއާޔަތުން އަންގަވަނީ ބައެއް މީހުން އެބައި މީހުންގެ ދޫތަކުން އެފޮތުގެ ތަންތަން ބަދަލު ކުރިވާހަކައެވެ. (ނުވަތަ ބުނުން އެކަށީގެން ނުވާފަދަ ވާހަކަތައް އެފޮތާއި ބެހޭ ގޮތުން ދެއްކި ވާހަކައެވެ.)
  • މި އާޔަތުން އެމީހުން އެފޮތުގެ ލިޔުންގަނޑު ބަދަލު ކުރި ވާހަކައެއް ދޭހއައެއް ނުވެއެވެ. އެކަމަކު އެ ފޮތުގައި ހިމެނޭ ޙަޤީޤީ ވާހަކަތަކާއި މެދު މީސްތަކުން އޮޅުވާލުމުގައި އެމީހުން ދެއްކި މަކަރުގަދަ ވާހަކައެވެ.
  • މިއީ އަނގަބަހުން ހެދި މަކަރެކެވެ. (ދޮގުވާހަކަތާއް ހަދައިގެން . . . . އެމީހުންގެ ދޫތަކުންނެވެ. (ކަލޭގެފާނު) ވިދާޅުވާށެވެ. އެއީ ﷲގެ ޙަޟްރަތުން އައި އެއްޗެކެވެ. . . . އެމީހުން ދެނެތިބެމެ ﷲ އާއި މެދު ދޮގުބުނެތެވެ.
  • މި ކަމަކުން އެފޮތުގެ ލިޔުންގަނޑަކަށް އޭގެ ޒާތުގައި އަސަރެއް ނުކުރެއެވެ.
ދެވަނަ އާޔަތް: (ބަޤަރާ ސޫރަތުގެ 75)
أَفَتَطْمَعُونَ أَن يُؤْمِنُواْ لَكُمْ وَقَدْ كَانَ فَرِيقٌ مِّنْهُمْ يَسْمَعُونَ كَلاَمَ اللّهِ ثُمَّ يُحَرِّفُونَهُ مِن بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ 
ފަހެ، ތިޔަބައިމީހުންނަށް އެއުރެން އީމާންވުމަށް، ތިޔަބައިމީހުން އުންމީދުކުރަނީހެއްޔެވެ؟ ﷲގެ ކަލާމްފުޅުއަހައި، އެއުރެން އެ ކަލާމް ފުޅު ވިސްނައިދެނެގަތުމަށްފަހު، އެއުރެން ދެނެތިބެ، ދެން އެ ކަލާމްފުޅު ބަދަލުކުރާ ބަޔަކު އެއުރެންގެ ތެރެއިން ވާކަން ކަށަވަރެވެ.
މި އާޔަތުން ޙަޤީޤަތުގައި ބުނަނީ ކީކޭހެއްޔެވެ؟
  • މި އާޔަތުގައި، ޔަހޫދީން ބަދަލު ކުރި އެއްޗަކީ އެމީހުންނަށް އަޑުއިވި އަދި ފަހުމުވި އެއްޗެއްސެވެ. އެ ފޮތެއް ނޫނެވެ.
  • އެމީހުން ﷲ ގެ ބަސްފުޅުގެ އަޑު އިވި ފަހުމް ވުމަށްފަހު އެނގިއެނގި ތިބެ އެބަސްފުޅުތައް ބަދަލު ކުރީއެވެ.
ތިން ވަނަ އާޔަތް (ނިސާ ސޫރަތުގެ 46)
مِّنَ الَّذِينَ هَادُواْ يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ وَيَقُولُونَ سَمِعْنَا وَعَصَيْنَا وَاسْمَعْ غَيْرَ مُسْمَعٍ وَرَاعِنَا لَيّاً بِأَلْسِنَتِهِمْ وَطَعْناً فِي الدِّينِ وَلَوْ أَنَّهُمْ قَالُواْ سَمِعْنَا وَأَطَعْنَا وَاسْمَعْ وَانظُرْنَا لَكَانَ خَيْراً لَّهُمْ وَأَقْوَمَ وَلَكِن لَّعَنَهُمُ اللّهُ بِكُفْرِهِمْ فَلاَ يُؤْمِنُونَ إِلاَّ قَلِيلاً
ބަސްތައް ހުންނަންވީ ތަންތަނުން ބަދަލުކޮށް، އޮޅުވާމީހުން ޔަހޫދީންގެ ތެރެއިންވެއެވެ. އަދި، ތިމަންމެން އަހައިފީމުއޭ، އަދި، ތިމަންމެން އުރެދިއްޖައީމުއޭ، އަދި، ނީވޭމީހެއްގެ ގޮތުގައި އައްސަވާށޭ، އަދި، ތިމަންމެންނަށް ބައްލަވާށޭ، އެއުރެން ބުނެތެވެ. އެއުރެންގެ ދޫތަކުން ބަސްތައް އޮޅުވާލުމުގެ ގޮތުންނެވެ. އަދި، ދީނާ މެދުގައި ނިކަމެތި ބަސްބުނުމުގެ ގޮތުންނެވެ. ތިމަންމެން އަހައިފީމުއޭ، އަދި، ކިޔަމަން ވެއްޖައީމުއޭ، އަދި، އައްސަވާށޭ، އަދި، ތިމަންމެންނަށްޓަކައި  ލަސްކޮށްލައްވައި އިންތިޒާރު ކުރައްވާށޭ  އެއުރެން ބުނިނަމަ، އެއުރެންނަށް ހެޔޮކަން މާބޮޑުވީހެވެ. 
މިއާޔަތުން ޙަޤީޤަތުގައި ބުނަނީ ކީކޭހެއްޔެވެ؟
  • މިއާޔަތުގައި ވާގޮތުން، އެފޮތްތަކުން ދޭހަކޮށްދޭން ބޭނުންވާ މާނައިގެ ބޭރުން، ޔަހޫދީން، ލަފްޒުތައް ނަގައި އެހެން މާނައެއް އެބައި މީހުންގެ ދޫތަކުން ބުނަނީއެވެ.
  • ޔަހޫދީން ބަސްތައް ހުންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވައެވެ. އަދި ބުނެއޭ އެއުރެން އެފަދަ ބަސްތައް ބުނަނީ އެމީހުންގެ ދޫތަކުންނެވެ. އެމީހުން ދޮގުބަސް ބުނެ އޭގެ އަގުވައްޓަނީއެވެ.
ހަތަރު ވަނަ އާޔަތް (މާޢިދާ ސޫރަތުގެ 13)
فَبِمَا نَقْضِهِم مِّيثَاقَهُمْ لَعنَّاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَةً يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ وَنَسُواْ حَظّاً مِّمَّا ذُكِّرُواْ بِهِ وَلاَ تَزَالُ تَطَّلِعُ عَلَىَ خَآئِنَةٍ مِّنْهُمْ إِلاَّ قَلِيلاً مِّنْهُمُ فَاعْفُ عَنْهُمْ وَاصْفَحْ إِنَّ اللّهَ يُحِبُّ الْمُحْسِنِينَ
ދެން އެއުރެންގެ ކަށަވަރުވެގެންވާ އަހުދު އެއުރެން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންނަށް ލަޢުނަތް ލެއްވީމެވެ. އަދި އެއުރެންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެއުރެން ކަލިމަފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދަތެވެ. އަދި އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން ބަޔެއް އެއުރެން ހަނދާން ނައްތައިލިއެވެ. އޭގެތެރެއިން މަދުބަޔެއްގެ ކިބައިން މެނުވީ، އެއުރެންގެ ތެރެއިން ޚިޔާނާތް ތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެތެވެ. ފަހެ،  އެއުރެންނަށް ކަލޭގެފާނު ޢަފޫ ކުރައްވައި، މާފުކުރައްވާށެވެ! ހަމަކަށަވަރުން، އިޙްސާންތެރިން ދެކެ ﷲ ލޯބިވެވޮޑިގެންވެތެވެ.
މިއާޔަތުން ޙަޤީޤަތުގައި ބުނަނީ ކީކޭހެއްޔެވެ؟
  • މިތަނުންވެސް އަޅުގަނޑުމެންނަށް ފެންނަނީ ޔަހޫދީން ހެދި ދޮގުތަކަކީ އެމީހުން މާނަ ބަދަލު ކޮށްގެން އަނގަބަހުން ހަދާފައިވާ ދޮގުތަކެއްކަމެވެ. އެފޮތަށް ބަދަލުގެނެސްފައިވާ ވާހަކައެއްނޫނެވެ.
  • މިތާގައި ﷲ ވަޙީ ކުރެއްވީ ޔަހޫދީން (ތައުރާތުގައިވާ) ކަލިމަތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް ހަދައެވެ. އަދި އެމީހުންނަށް ހަނދާން ކޮށްދެއްވި ކަންތައްތަކުގެ ތެރެއިން ބައެއް އެމީހުން ހަނދާން ނައްތާލައިފިއެވެ.
ފަސް ވަނަ އާޔަތް (މާއިދާ ސޫރަތުގެ 41)
يَا أَيُّهَا الرَّسُولُ لاَ يَحْزُنكَ الَّذِينَ يُسَارِعُونَ فِي الْكُفْرِ مِنَ الَّذِينَ قَالُواْ آمَنَّا بِأَفْوَاهِهِمْ وَلَمْ تُؤْمِن قُلُوبُهُمْ وَمِنَ الَّذِينَ هِادُواْ سَمَّاعُونَ لِلْكَذِبِ سَمَّاعُونَ لِقَوْمٍ آخَرِينَ لَمْ يَأْتُوكَ يُحَرِّفُونَ الْكَلِمَ مِن بَعْدِ مَوَاضِعِهِ يَقُولُونَ إِنْ أُوتِيتُمْ هَـذَا فَخُذُوهُ وَإِن لَّمْ تُؤْتَوْهُ فَاحْذَرُواْ وَمَن يُرِدِ اللّهُ فِتْنَتَهُ فَلَن تَمْلِكَ لَهُ مِنَ اللّهِ شَيْئاً أُوْلَـئِكَ الَّذِينَ لَمْ يُرِدِ اللّهُ أَن يُطَهِّرَ قُلُوبَهُمْ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الآخِرَةِ عَذَابٌ عَظِيمٌ
އޭ ރަސޫލާއެވެ! އެއުރެންގެ ހިތްތައް އީމާން ނުވެ، އެއުރެންގެ އަނގައިން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނި މީހުންގެ ތެރެއިންނާއި، ޔަހޫދީން ކަމުގައިވި މީހުންގެ ތެރެއިން ކާފިރުވުމަށް އަވަސްވެގަންނަ މީހުންނާމެދު، ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އެއުރެންނަކީ، ދޮގުތައް ގިނަގިނައިން އަޑުއަހާ މީހުންނެވެ. ކަލޭގެފާނުގެ އަރިހަށް ނާންނަ އެހެންބަޔެއްގެ ބަސް، ގިނަގިނައިން އަޑުއަހާ މީހުންނެވެ. ކަލިމަތައް އެ ހުންނަންވީ ތަންތަނުން އެއުރެން ބަދަލުކުރެތެވެ. އެއުރެން ބުނެތެވެ. ތިޔަބައިމީހުންނަށް މި ކަލިމަތައް ލިބިއްޖެނަމަ، އޭގައި ތިޔަބައިމީހުން ހިފަހައްޓާށެވެ! އެ ކަލިމަތައް ތިޔަބައިމީހުންނަށް ނުލިބުނުނަމަ، ތިޔަބައިމީހުން ރައްކާތެރިވާށެވެ! ﷲ އެމީހަކު މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ ފަހެ، ﷲގެ ހަޒްރަތުން އެމީހަކަށްޓަކައި އެއްވެސް ކަމެއް ކަލޭގެފާނަކަށް މިލްކުވެގެނެއް ނުވާނެތެވެ. އެއުރެންނަކީ، އެއުރެންގެ ހިތްތައް ޠާހިރު ކުރެއްވުމަށް ﷲ އިރާދަކުރައްވާފައިނުވާ މީހުންނެވެ. އެއުރެންނަށް ދުނިޔޭގައި ހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެއުރެންނަށް ބޮޑުވެގެންވާ ޢަޒާބު ހުށްޓެވެ.
މި އާޔަތުން ޙަޤީޤަތުގައި ބުނަނީ ކީކޭތޯއެވެ.
  • މިތަނުން ވެސް އަޅުގަނޑުމެންނަށް ފެންނަނީ ޔަހޫދީން އެމީހުންގެ އަގައިން އެއްޗެހިތަކެއް ކީ ވާހަކައެވެ. އަދި އެމީހުން ދޮގުތައް އަޑުއަހައެވެ. އެފޮތުގެ ކަލިމަތައް ބަދަލު ކުރިއެވެ. އެއީ (އެކަލިމަތައް) އެފޮތުން ނަގައިގެން އޭގެ މާނަ ބަދަލު ކޮށްގެންނެވެ.

ޚުލާޞާ

  • އެމީހުން އަޑު އަހާފަހުރި ވާހަކަތަކުގެ މާނަ ބަދަލު ކުރުމުގައި ޔަހޫދީން ކުށްވެރިވެއެވެ.
  • ފޮތްތަކުގައި ހުރި ޙަޤީޤީ ލިޔުމުގެ މާނަ ބަދަލު ކުރުމުގެ ކުށުގައި ޔަހޫދީން އެއްވެސްއިރެއްގައި ކުށްވެރިއެއް ނުވެއެވެ.ެ
  • ނަޞާރާއިން (ނުވަތަ ކްރިސްޓިއަނުން) އެމީހުންގެ ފޮތްތަކަށް އެއްވެސް ވައްތަރެއްގެ ބަދަލެއް ގެނައުމުގެ ކުށުގައި އެއްގޮތަކަށްވެސް ކުށްވެރި ކުރެވިފައެއް ނުވެއެވެ.
  • ޤުރުއާނުގައި މަންސޫޙް މި ލަފްޒު އައިސްފައި ވަނީ ދެފަހަރުއެވެ. މިއިން އެއްވެސް ފަހަރަކު ކުރީގެ ފޮތްތަކުގެ ނަންގަނެވިފައެއް ނުވެއެވެ.