10/25/2010

ކުރީގެ ފޮތްތައް، ކިތާބުލް މުޤައްދިސް: (ތައުރާތު، ޒަބޫރު، އަދި އިންޖީލް) ވަނީ ބަދަލު ކުރެވިފަހެއްޔެވެ؟


"ކިތާބުލް މުޤައްދިސް ވަނީ ބަދަލުކުރެވިފައޭ" ވަރަށް ގިނަ މުސްލިމުން އަޅުގަނޑުމެންގާތު ބުނެއެވެ.
ޤުރުއާނުން އަންގަވަނީ ކިތާބުލް މުޤައްދިސް ކީކޭތޯއެވެ؟
ކުރީގެ ފޮތްތައް ވަނީ މަންސޫހް ވެފައޭ ބުނާ އާޔަތަކީ ކޮބައި ހެއްޔެވެ؟
ބަދަލު ކުރެވިފައިވާކަމަށް އެބައިމީހުންނަށް ދަޢުވާ ކުރެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ ކުރީގެ ޚަލީފާއިން މިކަމާމެދު ވިދާޅުވެފައިވަނީ ކީކޭ ހެއްޔެވެ؟
އަހަރެމެން ﷲ ގެ ބަސްފުޅު ބަދަލު ކުރަން ބޭނުން ވިޔަސް އެއީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟
މާތް ﷲ ކަލާއަށް ތެދުމަގު ދައްކަވާށިއެވެ!

"ކިތާބުލް މުޤައްދިސް ވަނީ ބަދަލުކުރެވިފައޭ" ވަރަށް ގިނަ މުސްލިމުން އަޅުގަނޑުމެންގާތު ބުނެއެވެ.

  • މިގޮތަށް އެމީހުން ގާތު ބުނަނީ މުސްލިމުންނާއި ކްރިސްޓިއަނުންނާ މެދުގައި ނަފްރަތުކަން އުފައްދަން އުޅޭ މީހުންނެވެ.
  • މިމީހުން ޙަޤީޤަތުގައި ކީރިތި ޤުރުއާނުން އަންގަވަނީ ކީކޭތޯވެސް ބަލާލާކަށް ބޭނުމެއް ނުވެއެވެ. އެކަމަކު އޭގެ ބަދަލުގައި މުސްލިމުންނަށް ދަސްކޮށްދެނީ ކްރިސްޓިއަނުންނާއިމެދު ރުޅިވެރިކަމާއި އެކަހެރިކަން އުފެއްދުމަށެވެ.